Last Updated: June 29, 18:33
Monday, June 29, 2026
ޚަބަރު

މަހުލޫފް ދޫކޮށްލައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ކަމަށްވާ ޤާސިމް އިބްރާިމްގެ ޝަރީޢަތް ރޭ ކްރިމިނަލް ކޯޓްގައި ކުރިއަށް ދިޔަ ވަގުތު، އެ ސަރަޙައްދުން ހައްޔަރު ކުރި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފު މިއަދު ދޫކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަހްލޫފް ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފައިވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެގެން ކަމަށެވެ. އެއަށްފަހު މަހްލޫފް އާއި ރޭ ހައްޔަރުކުރި އެހެން ހައްޔަރީން ދޫނިދޫއަށް ވަނީ ގެންގޮސްފައެވެ.

މަހުލޫފް މިއަދު ދޫކޮށްލީ އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް މިއަދު މެންދުރު ކްރިމިނަލް ކޯޓަށް ގެންދިއުމުން، އެއްވެސް ޝަރުތަކާއި ނުލައެވެ.

ރޭ ހައްޔަރުކުރި އެހެން މީހަކު ވެސް ކްރިމިނަލް ކޯޓުން ވަނީ އިތުރު ޝަރުތަކާއި ނުލައި ދޫކޮށްލާފައެވެ.