ގިނަ އަހަރުތަކަކަށްފަހު ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ކާޖޯލް އާއި އަޖޭ ދޭވްގަން އެކުގައި ފިލްމެއް ކުޅެން އުޅޭ ކަމުގެ ޚަބަރުތައް މީޑިއާގައި ފެތުރެން ފަށައިފި އެވެ.
އެގޮތުން 'އިންޑިއަން އެކްސްޕްރެސް' އަށް ދިން އިންޓަވިއުއެއްގައި ފިލްމްގެ ޑައިރެކްޓަރު ކަމަށްވާ ޕްރަދީޕް ސާކަރު ބުނީ އެ ފިލްމްގެ ޝޫޓިން ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ.
އަދި އެ ފިލްމުން ކާޖޯލް އާއި އަޖޭ އެކީގައި ފެނިގެންދާނެ ކަމަށާއި، އެ ދެ ތަރިންނާއި އެއްކޮށް މަސައްކަތް ކުރަން ލިބުމުން ވަރަށް އުފާވާ ކަމަށްވެސް ޕްރަދީޕް ބުނެފައިވެ އެވެ.
ކާޖޯލް އާއި އަޖޭ އެންމެ ފަހުން އެއްކޮށް ފިލްމެއް ކުޅެފައި ވަނީ 2010 ވަނަ އަހަރު އެވެ.
20 އަހަރަށްފަހު ކާޖޯލް ތަމަޅަ ފިލްމެއް ކުޅެފައިވާއިރު، އަޖޭގެ ފިލްމެއް 01 ސެޕްޓެމްބަރު 2017 ގައި ރިލީޒް ކުރެވޭނެ އެވެ.