Last Updated: June 20, 07:32
Saturday, June 20, 2026
ކުޅިވަރު

ބާސާއަށް ޑެމްބެލޭ ގެނެސްފި

ބޮރޫޝިޔާ ޑޯޓްމަންޑަށް ކުޅެމުން އަންނަ އުސްމާން ޑެމްބޭލޭ ސްޕެއިންގެ ބާސެލޯނާއަށް ސޮއިކޮށްފިއެވެ.

ބާސާގެ އޮފިޝަލް ޓުވީޓާއިން ޑެމްބޭލޭ ގެނެސްފައިވާކަން ވަނީ ކަށަވަރުކޮށްދީފައެވެ. ފްރާންސުގެ ޒުވާން ފޯވާޑް ޑެމްބެލޭ ބާސާއަށް ގެނެސްފައިވަނީ 105 މިލިއަން ޔޫރޯގެ އަގަކަށެވެ.

ކުޅުންތެރިޔާއަށް ފީގެ އިތުރުން އިތުރު ޚަރަދުތައް ކުރާނެ ކަމަށް ބެލެވެއެވެ. ބާސާއިން ވަނީ 222 މިލިއަން ޔޫރޯއަށް ނޭމާ ޕީއެސްޖީއަށް ވިއްކާލުމަށްފަހު ޑެމްބޭލޭގެ ރިލީޒް ކޯސްއަށް 400 މިލިއަން ޔޫރޯ ޖަހާފައެވެ.

ނޭމާ ވިއްކާލުމަށްފަހު އޭނާގެ މަގާމު ފޫބެއްދުމަށް ބާސާއިން ވަނީ ލިވަޕޫލްގެ ފިލިޕް ކޫޓީނިއޯ ވެސް ގެންނަން މަސައްކަތް ކޮށްފައެވެ. ނަމަވެސް މިހާރު ކޫޓީނިއޯ ލިވަޕޫލްގައި މަޑުކުރުމަށް ނިންމާފައިވާ ކަމަށް އިނގިރޭސި މީޑިޔާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.