ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން މިރޭ ހައްޖުގެ މަތިވެރި އަޅުކަމަށް ފުރާވަޑައިގަންނަވަން ހަމަޖެހިފައިވަނިކޮށް ރައީސްގެ ދަތުރުފުޅު ފަސް ކުރައްވައި އަނބިކަބަލުން ފާޠިމަތު އިބްރާހިމް މިރޭ ފުރާވަޑައިގެންފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް އަބްދުﷲ ޔާމީން ހައްޖަށް ފުރާ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހުއެވެ
ރައީސްގެ ހައްޖު ދަތުރުފުޅު ފަސް ކުރެއްވި ސަބަބެއް އަދި ސާފެއް ނުވެއެވެ.
ފަސްޓް ލޭޑީ ފާޠިމަތު އިބްރާހިމް އާއި އެކު މިރޭ އީކޭއިން ހައްޖަށް ފުރާ ވަޑައިގެންނެވީ އަމީރުލް ހައްޖުގެ ގޮތުގައި މިފަހަރު ހައްޖަށް ވަޑައިގަންނަވާ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދުއެވެ.
މީގެ އިތުރުން އެމްޑީއޭގެ ލީޑަރ އަހްމަދު ޝިޔާމް އާއި އެމްޑީއޭގެ ނައިބް ލީޑަރ އަލީ މައުރޫފްވެސް ވަނީ ފުރާ ވަޑައިގެންފައެވެ.
ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ވަނީ 2014 އަދި 2015 ވަނަ އަަހަރު ހައްޖަށް ވަޑައިގެންފައެވެ.