Last Updated: July 26, 13:56
Sunday, July 26, 2026
ޚަބަރު

ޔާމީނަކީ މަދިރިއެއް ކަމަށް ވެސް ނުބަލަން: އަރީފް

ރައީސް އަބްދުﷲ ޔާމީން ދެކެ ޖެހިލުންވެ ވަޑައިނުގަންނަވާ ކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސައިން އަރީފް ވިދާޅުވެއްޖެއެވެ.

ވީޓީވީގައި ހުކުރު ދުވަހު ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އަރީފް ވިދާޅުވީ، ރައީސް ޔާމީނަކީ މެއްސެއް ނުވަތަ މަދިރިއެއް ކަމުގައި ވެސް ނުބައްލަވާ ކަމަށެވެ.

"އަޅުގަނޑުމެންނަކަށް ނުފެނޭ ޔާމީން އަބްދުލްޤައްޔޫމަކީ، އަޅުގަނޑުމެންގެ ކުރިމަތީގައި މިހެން އުޅޭ މެހި މަދިރިއަށް ބަލާ ވަރަށް ވެސް ނުބަލަމޭ"

ރައީސް ޔާމީން އަކީ، "މެއްސެއް އަދި މަދިރިއެއް" ކަމަށް ވެސް ނުބައްލަވާ ކަމަށް އަރީފު ވިދާޅުވެފައި ވަނީ، ޤާނޫނު އަސާސީ އާއި ޤާނޫނުތަކަށް ތަބާވުމަށް މުއައްސަސާތަކުން ޖެހިލުންވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވަމުންނެވެ.

އަރީފު ވިދާޅުވި ގޮތުގައި އެއްވެސް ޖެހިލުމެއް ނެތި އެބޭފުޅުން ތިއްބެވީ ސާބިތުކަމާއި އެކުގައި ކަމަށެވެ. އަދި ރައީސް ޔާމީން ފަދަ ބޭފުޅާކު ރާއްޖޭގެ ވެރިކަމަށް އިންތިޚާބު ކުރެވިފައިވާތީ، ރާއްޖޭގެ ޖައްވުގައި ހުރި ވިލާތައް ވެސް ލަދުގަންނަން ޖެހޭނެ ކަމަށެވެ.