Last Updated: July 26, 13:56
Sunday, July 26, 2026
ޚަބަރު

އަބްދުﷲ ގާޒީ ހައްޔަރު ކުރުމަކީ ހެދުނު ގޯހެއް: ނަޝީދު

އެމްޑީޕީގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސްގާޒީ ކަމުގައި ހުންނެވި އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރު ކުރުމަކީ ގޯހެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެއްބަސްވެ ވަޑައިގެންފި އެވެ.

ނަޝީދު މިހެން ވިދާޅުވީ، އިންޑިއާގެ "ދަ ވަޔާ" ނޫހަށް ދެއްވި އިންޓަވިއުއެއްގައެވެ.

"ދަ ވަޔާ" ނޫހަށް ދެއްވި އިންޓަވިއުގައި ނަޝީދު ވަނީ އަބްދުﷲ ގާޒީގެ މައްސަލަ އެ ނޫން ގޮތަކަށް ވެސް ހައްލު ކުރެވެން އޮތް ކަމަށް ވިދާޅުވެފައެވެ. އަދި ސިފައިން މެދުވެރިކޮށް އަބްދުﷲ ގާޒީ ހައްޔަރު ކުރުމަކީ ހެއްދެވުނު ގޯހެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އެންމެ މަތީވެރިޔާގެ ހައިސިއްޔަތުން އަދި ރައީސްގެ ހައިސިއްޔަތުން، އެއީ އެކަން ކުރަންޖެހޭ އެންމެ ރަނގަޅު ގޮތަކަށް ނޫން ކުރެވިފައި އެ އޮތީ،"

ނަޝީދު ވިދާޅުވި ގޮތުގައި އަބްދުﷲ ގާޒީ ހައްޔަރު ކުރަން ޖެހުނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނިންމުންތަކަށް އަބްދުﷲ ގާޒީ އަމަލު ނުކުރެއްވުމުންނެވެ.