Last Updated: June 20, 07:32
Saturday, June 20, 2026
ޚަބަރު

ޝަރީއަތް ކުރިއަތް ގެންދިޔައީ ގާސިމަށް ވެސް ސިއްރުން: ވަކީލުން

ގާސިމްގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސެއިން: ފޮޓޯ - މިހާރު

ތިން އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޝަރީއަތް ވަކިހިސާބަކުން ކުރިއަށް ގެންގޮސްފައިވަނީ ޚުދު ގާސިމް އިބްރާހިމަށްވެސް ސިއްރުން ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވެއްޖެއެވެ.

ގާސިމްގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ނޫރުއްސަލާމާ ހަވާލާދީ ހިސާން ހުސެއިން ވިދާޅުވެފައިވަނީ 9 ވަނަ އަޑުއެހުމާ ހަމައިން ގާސިމް އިބްރާހިމަށްވެސް ސިއްރުން ޝަރީއަތް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. ހިސާން ވަނީ ގާސިމްގެ ޝަރީއަތް ސިއްރުން ކުރިއަށް ގެންގޮސްފައިވަނީ ކީއްވެތޯ ސުވާލުކޮށްފައެވެ.

ގާސިމްގެ ޣައިރު ހާޒިރުގައި ޝަރީއަތުގެ އަޑުއެހުން ނިންމައި، ކްރިމިނަލް ކޯޓުން ބުރާސްފަތި ދުވަހުގެ ދަންވަރު 1:30 ގައި ތިން އަހަރާއި ދެމަހާއި 12 ދުވަހަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ ކުރިން މ. ކުނޫޒްގައި ބޭއްވި ޖަލްސާއެއްގައި މަސީހާއި ދެކޮޅަށް ވޯޓު ދީފިނަމަ އަންނަ މަޖިލިސް އިންތިޚާބުގައި ޖޭޕީ ޓިކެޓު ލިބިވަޑައިގަންނަވާނެ ކަމަށް ގާސިމް އިބްރާހިމް ވިދާޅުވުމުން އެއީ މެމްބަރުންނަށް ރިޝްވަތު ދިނުން ކަމަށް ބަލައި ފުލުހުން ވަނީ މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ.

ދައުލަތުން ގާސިމާއި ދެކޮޅަށް ރިޝްވަތު ދިނުމުގެ ދައުވާ އުފުލައި، އެމަނިކުފާނުގެ އާލާސްކަންފުޅު ގޯސްވެ، ރާއްޖެއިން ބޭރަށް ފުރަން އެދުމުން އެކަން ކޮށްދީފައިނުވާއިރު ގާސިމް ވަނީ ޝަރީއަތަށް ކޯޓަށް ގެންގޮސްފައި ހުއްޓާ ބޮލަށް އެނބުރުން އަރައިގެން ކޯޓު ތެރެއަށް ވެއްޓިފައެވެ.

ކޯޓުން ގާސިމަށް ހުކުމް ކޮށްފައިވަނީ އެދުވަހު އެމަޖެންސީގައި އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް ޣައިރު ހާޒިރުގައެވެ.