Last Updated: June 20, 07:32
Saturday, June 20, 2026
ޚަބަރު

ރެއާލްގެ ޓުވިޓާވެސް ހެކްކޮށްފި

ސޯޝަލް މީޑިޔާއަށް ހެކަރުންގެ އުނދަގޫ ބޮޑުވެފައިވާ މިދަނޑިވަޅުގައި އެންމެ ފަހަކަށް މިމީހުންގެ ޝިކާރައަށް ވެފައިވަނީ ރެއަލް މެޑްރިޑްގެ ޓުވިޓާ އެކައުންޓެވެ.

ސައުދީގެ ހެކަރުންތަކެއް ކަމަށްވާ "އަވާ މައިން" ގްރޫޕުން މި ސައިބާ ހަމަލާގެ ޒިންމާ ނަގާފައިވާއިރު އެމީހުން ވަނީ ބާސާއެކޭ އެއްފަދައިން ރެއާލްގެ އިންޓަނެޓު ސެކިއުރިޓީވެސް ހަމަ އެހާ ދޯހަޅި ކަމަށްބުނެ ޓުވީޓުކޮށްފައެވެ.

މީގެ އިތުރުން ހެކަރުން ވަނީ ރެއާލް ޓުވިޓާގައި މިދިޔަ ސީޒަނުގައި ރެއާލް މެޑްރިޑާއި ބާސާ ކުޅުނު މެޗުގެ އިތުރު ވަގުތުގައި މެސީ ޖެހި ގޯލު ޕޯސްޓުކޮށްފައެވެ.
https://twitter.com/realmadrid/status/901300918146281472
މިގޯލުގައި ކޮމެންޓޭޓަރު މެސީއަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ތަކުރާރުކޮށް ބުނެފައިވާއިރު އޭނާ ވަނީ މެޗު ކޮމެންޓޭޓު ކުރަމުން މެސީ އަކީ މިހާތަނަށް ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައިވެސް ނާންނާނެ ފަދަ މޮޅު ކުޅުންތެރިޔެއް ކަމަށް ބުނެފައެވެ.

"އަވާ މައިން" އިން ވަނީ ދާދި ފަހުން ބާސެލޯނާގެ ޓުވިޓާ އެކައުންޓުވެސް ހެކްކޮށްފައެވެ. ކުރުމަށްފަހު އެމީހުން ވަނީ ރެއާލްއަށް ކުރިން ކުޅުނު ޕީއެސްޖީގެ ފޯވާޑް އެންހެލް ޑި މަރިއާ ބާސާއަށް ގެނެސްފައިވާ ކަމަށް ބުނެ ޓުވީޓުކޮށްފައެވެ.