ފުވައްމުލަކު ސިޓީގެ މޭޔަރު އަބްދުﷲ ފަލާހް ޝަރީފު ހައްޔަރު ކުރުމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިންމަނިކު ގޮވާލައްވައިފި އެވެ.
ފަލާހް ހައްޔަރުކުރުމަށް ނިހާން ގޮވާފައިވަނީ ކީރިތި ޤުރުއާނުގެ ތަރުޖަމާ ތިލަފުށްޓަށް އުކާލީ ފުވައްމުލަކު ސިޓީ ކައުންސިލުން ކަމަށް "އަސުރުމާ" ޓުވިޓާ އެކައުންޓުން ކުރި ޓުވީޓަކަށް ރިއާޔަތްކޮށެވެ.
މިދިޔަ ބުރާސްފަތި ދުވަހު ރާއްޖޭގެ މީޑިޔާގައި އެންމެ ހޫނުކޮށް ދެކެވުނު ވާހަކައަކީ ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ ފޮށީ ފޮށީގައި ތިލަފުށްޓަށް ބަޔަކު އުކާލި ވާހަކައެވެ.
Mi kaleyge Hayyaru Koh Haggu Adhabu Dhinunah Govaalan @Dr_AhmedZiyad @PoliceMv @presidencymv @AzleenAhmed… https://t.co/rTAtzdzRL8
— Ahmed Nihan (@ahmed_nihan) August 25, 2017
އެމައްސަލައާ ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުންތައް ވެމްކޯއަށް އަމާޒުވެގެންދިޔައިރު ވެމްކޯއިން ބުނެފައިވަނީ އެކަން ކޮށްފައިވަނީ ދޯންޏަކުން ކަމަށާއި ދޯނީގެ މައުލޫމާތު ފުލުހުންނާ ހިއްސާ ކޮށްފައިވާނެ ކަމަށެވެ. މިމައްސަލައާ ގުޅިގެން ފުލުހުންގެ ބަހެއް މިހާތަނަށް ލިބިފައިނުވެއެވެ.