Last Updated: June 20, 06:09
Saturday, June 20, 2026
ޚަބަރު

ފާރިސްގެ މައްސަލަ އިސްގާޒީ އަބްދުﷲ ދީދީގެ ބެއްލެވުމުގެ ދަށަށް

ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލަ އެ ކޯޓުގެ އިސް ގާޒީ އަބްދުﷲ ދީދީގެ ބެއްލެވުމުގެ ދަށަށް ގެންގޮސްފިއެވެ.

ފާރިސްގެ ވަކީލް މައުމޫން ހަމީދު ހައި ކޯޓަށް ފޮނުވި ސިޓީގައި ބުނެފައިވާ ގޮތުން، ފާރިސްގެ ފަރާތުން އިސްތިއުނާފް ކުރި މައްސަލަ އިސްގާޒީގެ ސެކްޝަނަށް ބަދަލުކޮށްފައިވާ ކަމުގެ މައުލޫމާތު އެ ކޯޓުން ވަނީ ދެއްވާފައެވެ.

ފާރިސްގެ އިސްތިއުނާފު މައްސަލަ ބައްލަވަނީ އިސް ފަނޑިޔާރު އަބްދުﷲ ދީދީގެ އިތުރުން ފަނޑިޔާރު އަބްދުލް ރައޫފް އިބްރާހީމާއި ފަނޑިޔާރު އަލީ ސަމީރެވެ.

މެމްބަރުންނަށް ރިޝްވަތު ދޭން އުޅުމުގެ ތުހުމަތުގައި މިދިޔަ ޖުލައި މަހު ހައްޔަރުކުރި ފާރިސް، އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރު އިސްތިއުނާފު އަޑުއެހުންތައް ހައި ކޯޓުން ވަނީ ނިންމާލާފައެވެ.

ފާރިސްގެ އިސްތިއުނާފު މައްސަލައިގެ ހުކުމް އިއްވުން މިމަހުގެ 20 ވަނަ ދުވަހަށް ތާވަލް ކުރުމަށް ފަހު އެންމެ ފަހު ވަގުތު ވަނީ ކެންސަލް ކޮށްފައެވެ. އެހެން ނަމަވެސް އެ މައްސަލަ ކެންސަލްކުރި ސަބަބު ހައި ކޯޓުން ހާމަކޮށްފައެއް ނުވެއެވެ.