Last Updated: June 29, 13:53
Monday, June 29, 2026

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބައެއް މަސްތުވާތަކެތި ނައްތާލައިފި

ދިވެހި ފުލުހުން މީގެ ކުރިން އަތުލައިގެންފައިވާ މަސްތުވާތަކެތީގެ ބާވަތެއް ނައްތާލަނީ:

ފުލުހުންނަށް ހުށަހެޅިފައިވާ މަސްތުވާތަކެތީގެ އެކި މައްސަލަތަކުގެ ތެރެއިން ތަހުޤީޤު ނިމިފައިވާ މައްސަލަތަކުގައި ހިމެނޭ ގިނަ ޢަދަދެއްގެ މަސްތުވާތަކެތި މިއަދު ނައްތާލައިފި ކަމަށް ފުލުހުން ބުނެފިއެވެ.

އެތަކެތި ނައްތާލާފައިވަނީ މަސްތުވާތަކެތި ނައްތާލުމާއި ބެހޭގޮތުން އެކުލަވާލާފައިވާ ޤަވާއިދުގެ ދަށުން ކަނޑައަޅާފައިވާ ކޮމިޓީގެ ހާޒިރުގައި ދޫނިދޫގައެވެ.

ނައްތާލި މަސްތުވާތަކެތީގެ ތެރޭގައި 2003، 2004 އަދި 2005 ވަނަ އަހަރު ފުލުހުންނަށް ހުށަހެޅިފައިވާ ޖުމްލަ 201 މައްސަލައެއްގައި އަތުލައިގަތް ތަކެތި ހިމެނެއެވެ. މި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ 2003 ވަނަ އަހަރުގެ 5 މައްސަލައަކާއި 2004 ވަނަ އަހަރުގެ 86 މައްސަލައެއްގެ އިތުރުން 2005 ވަނަ އަހަރުގެ 110 މައްސަލައެއް ކަަމަށް ވެސް ފުލުހުން ބުނެއެވެ.

މި މައްސަލަތަކުގައި ހިމެނޭ މަސްތުވާތަކެތިހުރި 1234 ރަބަރު ޕެކެޓާއި 49 ސެލޯފިންކޮޅާއި ފިލްމު ހުސްކުރި 3 ދަޅާއި ބްލެޓް ސައިޒުގެ 171 ރަބަރު ޕެކެޓުގެ އިތުރުން އެހެނިހެން 3052 ތަކެތި ނައްތާލާފައިވާއިރު މީގެތެރޭގައި 1673 ގްރާމްގެ ހެރޮއިންއާއި 138 ގްރާމް ކެނެބިސް ހިމެނެއެވެ.