ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމުމާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ހުކުމް ކުރުމަށް އެކޯޓަށް ބާރު އަޅުއްވައި ދެއްވުމަށް ދިވެހި ސިފައިންގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.
ނަޝީދު މިގޮތަށް ސިފައިންގެ ކިބައިން އެދިވަޑައިގެންފައި ވަނީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.
ނަޝީދު ވިދާޅުވެފައި ވަނީ ޤާނޫނު އަސާސީ ނެގެހެއްޓުމުގެ އެންމެ ބޮޑު ޒިންމާއެއް އުފުލަން ޖެހޭ އެއް ބަޔަކީ ދިވެހި ސިފައިން ކަމަށެވެ.
QA negehehtumuge enme bodu zinma eh ufulan jehey eh bayakee Dhivehi Sifain. MPs ge gon'di ai gulhey hukum kurumah SC ah baaru alhaa dhevvaa
— Mohamed Nasheed (@MohamedNasheed) August 26, 2017
މަޖިލީހުގެ ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމުމާ ގުޅިގެން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާތާ މަހަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. އެ މައްސަލަތަކުގެ އަޑުއެހުންތައް ނިންމާލާފައި ވާއިރު، އެ މައްސަލަތަކުގެ ހުކުމެއް ނައިސް ލަސްވާތީ އިދިކޮޅު ފަރާތްތަކުން އަންނަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.
އަދި އެ މައްސަލައިގެ ހުކުމް ލަސްވަނީ ސަރުކާރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަމުން ގެންދާތީ ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ.