ޗައިނާގެ ނޭވީގެ ތިން މަނަވަރެއް ރާއްޖެ އަތުވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ތިން މަނަވަރު ރާއްޖެ އައިސްފައި މިވަނީ ރަހުމަތްތެރިކަމުގެ ދަތުރެއްގައެވެ.
ޗައިނާގެ މަނަވަރުތައް ރާއްޖެ އައުމާ ގުޅިގެން އެމްއެންޑީއެފްގެ އިސް އޮފިސަރުންނާއި ސިފައިން ވަނީ މަނަވަރުތަކުގެ ސެއިލަރުންނަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. އެގޮތުން ޗައިނާ މަނަވަރުތަކުގެ ސެއިލަރުންނަށް މަރުޙަބާ ކިޔުމުގެ ގޮތުން އެމްޕީއެލް ސަރަޙައްދުގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ.
އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި ޗައިނާ މަނަވަރުގެ ސެއިލަރުންނާއި ދިވެހި ސިފައިން ތަމްރީނު ހަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އަދި، ގިރިފުށީ ޓްރޭނިންގ ސެންޓަރަށާއި، އެމްއެންޑީއެފްގެ ބައެއް އޭރިއާގެ ހެޑްކްއޯޓަރޒްތަކަށް ޗައިނާގެ ސެއިލަރުން ޒިޔާރަތްކުރާ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.
ޗައިނާގެ މަނަވަރުތައް ރާއްޖެއިން ފުރުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 31 ވަނަ ދުވަހު އެވެ.