އަދާލަތު ޕާޓީގެ ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީގެ ރައީސާ ޝިދާތާ ޝަރީފްގެ ޕާސްޕޯޓް ދޫކޮށްލައިފި އެވެ.
އެގޮތުން ޝިދާތާގެ ޕާސްޕޯޓް ދޫކޮށްލާފައި ވަނީ ހަތް މަސް ދުވަސް ވަންދެން ހިފެހެއްޓުމަށް ފަހު އެވެ. ޝިދާތާގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ ކޯޓް އަމުރެއްގެ ދަށުން މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އެއީ 2015 ގައި ވ. ރަކީދޫގައި އަނިޔާކޮށް މަރާލި މުހައްމަދު އިބްތިހާލްގެ މަރުގެ މައްސަލައާއި ގުޅިގެންނެވެ. އެއިރު ޝިދާތާ ހުންނެވީ ޖެންޑަރ މިނިސްޓްރީގެ ނައިބުގެ މަޤާމްގައި ނަމަވެސް، އިބްތިހާލްގެ މަރުގެ މައްސަލާގައި އިހުމާލްވި ކަމަށް ބުނެ ދައުވާ އުފުލި މީހުންގެ ތެރޭގައި ޝިދާތާ ނުހިމެނެ އެވެ.
ޝިދާތާ ވަނީ އޭނާގެ ޕާސްޕޯޓް މިހާރު ދޫކޮށްލާފައިވާ ކަން ކަށަވަރުކޮށް ދެއްވާފައެވެ.
901681663737978881
ރޭ ޝިދާތާ ކުރެއްވި ޓްވީޓެއްގައި ވަނީ ވޭތުވެދިޔަ ހަތް މަސް ދުވަހުގެ ތެރޭގައި އެއްވެސް އަސާސެއް ނެތި އޭނާ ވަނީ ޤައުމުގައި ބަންދުކޮށްފައި ކަމަށެވެ.