Last Updated: July 27, 11:17
Monday, July 27, 2026
ސިއްހަތު

ދި ކްލިނިކްގައި މި ހަފުތާ ބަންދުގައި ޑރ. މަލަކާ

މާލޭގައި ހިންގާ ދި ކްލިނިކުން ހިތަދޫގައި ހިންގާ އެ ކްލިނިކްގެ ގޮފީގައި މި ހަފުތާ ބަންދުގައި ފަރުވާ ދޭނީ އަންހެނުންގެ ހާއްސަ ޑރ. މަލަކާ ޝާފިއު ކަމަށް އެ ކްލިނިކުން ބުނެފި އެވެ.

އެގޮތުން މާދަމާ އާއި ހޮނހިރު ދުވަހު ޑރ. މަލަކާ ހިތަދޫ ދަނބުވިލާގައި ހިންގާ ދި ކްލިނިކްގެ ގޮފީގައި ބަލި މީހުންނަށް ފަރުވާ ދޭނެ ކަމަށް ދި ކްލިނިކުން ބުންޏެވެ.

އޭނާ އަށް ދެެއްކުމަށް އެޕޮއިންޓްމަންޓް ހަދަން ބޭނުންވާ ފަރާތްތަކުން 3334888 ނުވަތަ 7448844 އަށް ގުޅައިގެން އެޕޮއިންޓްމަންޓް ހެދުމަށް ދި ކްލިނިކުން އެދެ އެވެ.