އިލެކްޝަން ކަމިޝަނުން މަޖްލިސް ގޮޑި ގެއްލުނު ކަމަށް ކަނޑައެޅި 4 މެމްބަރުންގެ ގޮޑި ނުގެއްލޭ ކަމަށް ކަނޑައަޅައިފިއެވެ.
ގޮޑި ގެއްލިފައިވާކަމަށް އިލެކްޝަން ކަމިޝަނުން ނިންމާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން އާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފު މުހަންމަދާއި އަދި ތުލުސްދޫ ދާއިރާގެ މެމްބަރު މުހަންމަދު ވަހީދު އިބްރާހީމްގެ ގޮޑިއެވެ.
ސްޕްރީމް ކޯޓުން މިއަދު ނެރުނު ހުކުމްގައި ބުނެފައިވަނީ ގޮޑި އާއި މެދު ނިންމާނެ އިތުރު ނިންމުމެއް ނެތްކަމަށެވެ.
މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައި ނުވާ ކަމަށް މި ނިންމުމުގައި ސީދާ ބުނެފައި ނުވި ނަމަވެސް، ގާނޫނީ ވަކީލުން ވިދާޅުވަނީ މި ނިންމުން މާނަކުރެވެނީ މެމްބަރުކަމުގެ ގޮނޑި ނުގެއްލޭ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ހުކުމާއި އެކު އިދިކޮޅު ފަރާތްތަކުން ގެންދަނީ އެކަމާއި އުފާ ފަޅުކުރަމުންނެވެ.