އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް އަދި ލިވަޕޫލް ބައްދަލުކުރި މެޗު ފަސޭހަކަމާއެކު ލިވަޕޫލް ކާމިޔާބުކޮށްފިއެވެ.
ލިވަޕޫލްގެ ދަނޑުގައި ކުޅުނު މެޗު ލިވަޕޫލް ކާމިޔާބުކޮށްފައިވަނީ 0-4 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައިވެސް ލިވަޕޫލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މެޗުގެ ފުރަތަމަ ލަނޑު 17 ވަނަ މިނެޓުގައި ޖަހާފައިވަނީ ރޮބާޓޯ ފްރިމީނޯއެވެ. ފަސް މިނެޓު ފަހުން ސަޑިއޯ މަނޭ ވަނީ ލީޑު ފުޅާކޮށްފައެވެ.
ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވެ ލިވަޕޫލް ވަނީ އާސެނަލް ކޮޅަށް ތިން ވަނަ ލަނޑު ޖަހައި މެޗުގެ ފުރިހަމަ ކޮންޓްރޯލް ނަގާފައެވެ. މިލަނޑު މުހައްމަދު ސަލާހް ކާމިޔާބުކޮށްފައިވާއިރު އޭނާ ވަނީ މިރޭގެ މެޗުގެ ފަހު ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ.
ސަލާހްގެ އެސިސްޓަކުން މިލަނޑު ޖަހާފައިވަނީ މެޗުގެ ދެވަނަ ހާފުގައި ކުޅެން ނިކުތް ޑެނިއަލް ސްޓަރިޖްއެވެ. މިރޭގެ މެޗުން ބަލިވި އާސެނަލް ވަނީ އެންމެ މިސީޒަނުގައި ކުޅުނު ތިން މެޗުގެ ތެރެއިން 2 މެޗުން ބަލިވެފައެވެ.
ޓްރާންސްފާ ވިންޑޯ ނިމެމުން އަންނައިރު އާސެނަލްގެ ފޯވާޑް އެލެކްސިސް ސަންޗޭޒް ކުލަބު ދޫކޮށް ދިއުމުގެ ފުރުސަތު ބޮޑުކަމަށް އިނގިރޭސި މީޑިޔާ ތަކުން ވަނީ ރިޕޯޓުކޮށްފައެވެ.