Last Updated: June 22, 17:33
Monday, June 22, 2026
ޚަބަރު

ހަތަރު ދާއިރާގެ ގޮނޑި ގެއްލިއްޖެ ކަމަށް ނިންމައި ބައި އިލެކްޝަން ބާއްވަނީ

ސްޕްރީމް ކޯޓުން މިރޭ ނެރުނު އަމުރުން ރައްޔުތުންގެ މަޖިލީހުގެ ހަތަރު ދާއިރާގެ ގޮޑު ގެއްލިފައިވާކަމަށް ކަނޑައަޅާފައިވާކަމަށް ބުނެ އެ ހަތަރު ދާއިރާގެ ބައި އިލެކްޝަން ބާއްވަން އިލެކްޝަން ކަމިޝަނުން ނިންމައިފިއެވެ.

އިލެކްޝަން ކަމިޝަނުން ބައި އިލެކްޝަން ބާއްވަން ނިންމާފައިވަނީ ގއ. ވިލިނގިލި، ތުލުސްދޫ، މަޑުއްވަރީ އަދި ދިއްދޫ ދާއިރާގެ އެވެ. މީގެ ކުރިންވެސް އިލެކްޝަން މި ހަތަރު ދާއިރާގެ ބައި އިލެކްޝަން ބާއްވަން ނިންމިއެވެ. ނަމަވެސް މި ހަތަރު ދާއިރާގެ ގޮޑި އާއި ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ސްޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމާއި ގުޅިގެން އިލެކްޝަން ވަނީ އިންތިހާބްގެ ބައި އިލެކްޝަން މަޑު ޖައްސާލާފައެވެ.'

މިރޭގެ ހުކުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ އެހުކުމްގައިވާ ގޮތުން މެމްބަރުންގެ ގޮޑި ނުގެއްލޭ ކަމަށެވެ. ނަމަވެސް ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކާއި ޕީޕީއެމްގެ މަޖިލިސ މެމްބަރުން ބުނަމުންދަނީ ގޮޑި ގެއްލިފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ނިންމުމުގައި ވަނީ މެމްބަރު ކަމުގެ ގޮނޑިއާ ބެހޭ ގޮތުން ހުކުމަކާއި އަމުރެއް ނެރެފައިވާނެ ކަމަށާއި އެހެންވެ އެ ހުކުމް ނެރުމާ ހަމައަށް އެއްވެސް މެމްބަރެއްގެ މެމްބަރު ކަމާ ދޭތެރޭ ސުވާލެއް އުފެދޭނެ ޖާގައެއް ނެތުމުން، އެ މައްސަލައިގައި އެ ކޯޓުން އިތުރު ނިންމުމެއް ނިންމަން ނުޖެހޭ ކަމަށެވެ