Last Updated: June 20, 06:09
Saturday, June 20, 2026
ޚަބަރު

މަހްލޫފަށް އަނެއްކާ ވެސް ފުލުހުން ތަހުގީގެއް

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފްގެ މައްޗަށް ފުލުހުންގެ ދައުރު އަދާކުރަން މަސައްކަތް ކުރިކަމަށްބުނެ ތަހުގީގް ފަށައިފި އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ފުލުހުންގެ ދައުރު އަދާކުރަން ދަތިކުރި މައްސަލަ ސާބިތުވެ ޖަލު ހުކުމް ތަންފީޒުކޮށް މިއަހަރުގެ ޖޫން މަހު މިނިވަންވި މަހްލޫފާއި ދެކޮޅަށް އަނެއްކާވެސް ފުލުހުން ތަހުގީގު ފަށާފައިވަނީ އެފަދަ މައްސަލައަކާ ގުޅިގެންނެވެ.

ގާސިމް އިބްރާހިމަށް ހުކުމް ކުރި ރޭ އިދިކޮޅު ފަރާތްތަކުން އެމްއެމްއޭ ކުރިމަތީގައި ކުރި މުޒާހަރާގައި މަހްލޫފް ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅިކަމަށް ބުނެ އޭނާ ވަނީ އެރޭ ހައްޔަރުކޮށްފައެވެ.

ނަމަވެސް މަހްލޫފް ހައްޔަރުކުރުމުގައި ފުލުހުން ޖިނާއީ އިޖުރާއަތު ގާނޫނާއި ޚިލާފުވެފައިވާ ކަމަށްބުނެ ގާޒީ ވަނީ މަހްލޫފް މިނިވަން ކޮށްފައެވެ.