އޭޝިޔާއަށް 2004 ވަނަ އަހަރު އެރި ބޮޑު ސުނާމީއަށްވުރެ ރައީސް ޔާމީންގެ މުސީބާތް ދިވެހި ރައްޔިތުންނަށް ބޮޑު ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ނިޒާރު ރޭ ކުރެއްވި ޓުވީޓެއްގައި ރައީސް ޔާމީނަށް އަނެއްކާވެސް ފާޑުކިޔުންތައް އަމާޒުވެފައިވާއިރު މަޖިލީހުގައިވެސް ނިޒާރު އަންނަނީ ސަރުކާރަށާއި މަޖިލީހުގެ ރައީސަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
2004 ge Asia ge Tsunami ah vure Yaamin ge Museebaai Dhivehin ge macha bodu.
— Ali Nizar (@DhekunuNizar) August 27, 2017
މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނުނަގާ ލަސްކުރާތީ މަޖިލީހުގައި އިދިކޮޅު ފަރާތްތަކުން އަޑުއުފުލައި އިހުތިޖާޖު ކުރާއިރު ނިޒާރަކީ އެންމެ ބާރަށް އަޑުއުފުލާ އެއް މެމްބަރު ކަން ފާހަގަކުރެވެއެވެ.
ދާދިފަހުން ނިޒާރާއި ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީއާއި ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކުރެވުނު ވީޑިއޯއެއްވެސް ވަނީ ސޯޝަލް މީޑިޔާގައި އާންމުވެފައެވެ. ވީޑިއޯގައި ނިޒާރު އައިބީއަކީ ނުކިޔަވާ ހުރި މީހެއް ކަމަށާއި އޭނާ ކިޔެވި ސްކޫލެއް އައްޑޫގައި ނެތް ކަމަށް ބުނާތަން ފެނެއެވެ.