Last Updated: June 5, 06:04
Friday, June 5, 2026
ޚަބަރު

އިންޖީނަކަށް މައްސަލަ ޖެހި ކަރަންޓް ކަނޑަނީ

އައްޑޫގެ ގުޅިފައިވާ އަވަށްތަކަށް ކަރަންޓް ދޭ މަރުކަޒީ އިންޖީނު ގޭގެ އިންޖީނަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން، އެކަން ހައްލު ވަންދެން ކަރަންޓް ކަނޑަމުން ދާނެ ކަމުގެ ނޯޓިސް ފެނަކަ އިން ގޭބިސީތަކަށް ފޮނުވައިފި އެވެ.

އެ ކުންފުނިން ފޮނުވި ނޯޓިހުގައި ބުނީ އިންޖީނަށް ދިމާވި މައްސަލަ ހައްލު ކުރަން ތިން ހަތަރު ދުވަސް ނަގާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެހެންވެ ކޮންމެ ދުވަހަކު އެކި ސަރަހައްދުތަކުން ގަޑިއެއްހާ އިރަށް ކަރަންޓް ކަނޑަމުން ދާނެ ކަމަށް ބުންޏެވެ.

ފެނަކަ އިން އަދި ބުނީ ކުރިއަށް މިއޮތް ދުވަސްތަކުގައި ވީހާ ވެސް މަދުން ކަރަންޓް ބޭނުން ކުރަން އެދޭ ކަމަށެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައަކީ ހައްލު ނުކުރެވި ދިގުލައިގެން ގޮސްފައިވާ ބޮޑު މައްސަލައެއްކަން ފާހަގަކޮށްލެވެ އެވެ.