Last Updated: June 9, 13:18
Tuesday, June 9, 2026
ޚަބަރު

ނަޝީދަކީ އެމްޑީޕީގެ މެންބަރެއް ވެސް ނޫން: ޖަމީލް އުޘްމާން

ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ އެމްޑީޕީގެ މެންބަރެއް ވެސް ނޫން ކަމަށް ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލް އުޘްމާން ވިދާޅުވެއްޖެއެވެ.

ކުރިން މިސްކިތެއްގެ ގޮތުގައި ބޭނުންކުރި އިމާރާތެއްގައި ޕީޕީއެމުން ގާއިމްކުރި "ރުމާލު2" ޖަގަހައިގައި ވާހަކަ ދައްކަވަމުން ޖަމީލް އުޘްމާން ވިދާޅުވީ، ރާއްޖެއިން ބޭރުގައި ރާއްޖޭގެ ރައްޔިތުންގެ ނަމުގައި ވާހަކަފުޅު ދައްކަވަމުން ގެންދަވާއިރު ނަޝީދަކީ، ޕާޓީއެއްގެ މެންބަރެއް ވެސް ނޫން ކަމަށެވެ.

އިންޑިޔާއަށް ވަޑައިގެން ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކާއި ގުޅިގެން ޖަމީލް އުޘްމާން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން އިންޑިޔާ އާއި ޗައިނާ ދެމެދު އޮތް ނުތަނަވަސް ކަމުގެ ތެރެއަށް ރާއްޖެ ވައްދަން ނަޝީދު މަސައްކަތް ކުރައްވާ ކަމަށް ތުހުމަތު ކުރައްވައި އެކަމާއި ޖަމީލް އުޘްމާން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

"މިރާއްޖޭގެ ރައްޔިތުން ތިބި ގޮތް ބޭރު ގައުމަކަށް ގޮސް ވިދާޅުވާން އެއީ އެންމެ ކުޑަމިނުން ސިޔާސީ ޕާޓީއެއްގެ މެންބަރެއް ވެސް ނޫން "

ޖަމީލް އުޘްމާން މިހެން ވިދާޅުވި ނަމަވެސް، ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ގެނައި އިސްލާހަކާއި އެކު ނަޝީދަށް "ގެއްލިފައި" ވަނީ އެމްޑީޕީގެ ރައީސްކަމެވެ. އެހެން ނަމަވެސް އެމަނިކުފާނަކީ އަދި ވެސް އެމްޑީޕީގެ މެންބަރެކެވެ.