ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ފަރާތްތަކުން އުކާލާ ކޮންމެ ބިހަކަށް ދެ ބިސް އުކާލައްވާނެ ކަމަށް މާފަންނު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ރިފާއު(ބޮޗޭ) ވިދާޅުވެއްޖެއެވެ.
ރިފާޢު މިހެން ވިދާޅުވީ ޕީޕީއެމްގެ ރުމާލު2 ޖަގަހައިގައި މިހާރު ކުރިއަށްދާ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އިދިކޮޅު މަޖިލިސް މެންބަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ރިފާއު ވަނީ "އުކާލާ ކޮންމެ ބިހަކަށް ދެބިސް އުކާލާނެ" ކަމަށާއި އެކަން މަޖިލީހުގައި ސާބިތުކޮށްދީފައިވާނެ ކަމަށެވެ.
"އަޅުގަނޑުމެންނެއް ނުބަލާނެ އަނެއް މީހާ ލަވާ ހަޅޭކަކަށް. އަނެއް މީހާ އުކާ ބިހަކަށް ވެސް އަޅުގަނޑުމެން ބެލުމެއް ނޯންނާނެ. އެބޭފުޅުންނަށް އުކުނު ބިހަކަށް އަޅުގަނޑުމެން އުކާނަން ދެބިސް. އެކަން އޮންނާނީ މަޖިލިސް ތެރޭގައި ސާބިތުކޮށްދީފައި"
މީގެ އިތުރުން މަޖިލީހުގައި ފައި ހޫރާލައްވާނެ ކަން ސާބިތުކޮށްދީފައިވާނެ ރިފާއު ވިދާޅުވިއެވެ.
އޯގަސްޓް 24 ގައި ބޭއްވި މަޖިލީހުގެ ޖަލްސާގެ ތެރޭގައި ރިޔާސަތުގައި އިންނަވާ ގޮނޑިއަށް ވެސް މެންބަރުންތަކެއް ބިސް ޖަހާފައިވާ އިރު ޕީޕީއެމްގެ ޕީޖީ ގްރޫޕް ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ތުހުމަތު ކުރެވީ އެއީ މަހުލޫފްގެ ކުރެއްވި ކަމެއް ގޮތުގަ އެވެ. ނަމަވެސް އޭނާ ވަނީ އެކަން ދޮގުކޮށް މަޖލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ އިސްތަށިފުޅުގައި އެކަން އަޅުވާފަ އެވެ.
އެދުވަހު މަހްލޫފް އާއްމު ކުރެއްވި ވީޑިއޯ އަކުން ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އައްސަދު ޗެމްބަރުގެ ތެރޭގައި ބިސް ކޮތަޅެއް ގެންގުޅުއްވާ މަންޒަރު ފެނެއެވެ.
ތަފްސީލް އަންނަނީ…