މިއަދު ރާއްޖޭގައި ރައްޔިތުން ތަޙައްމަލު ކުރަން ޖެހިފައިވާ ބޭއިންސާފު އިންސާފަށް ބަދަލުކުރުމަށް ރައްޔިތުން މަސައްކަތް ކުރަން ޖެހޭ ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު އަލްއުސްތާޒާ އަނާރާ ނައީމު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ފަރާތްތަކުން މިރޭ ކުނޫޒުގައި ބާއްވަމުން ގެންދާ ޖަލްސާފައި ވާހަކަ ދައްކަވަމުން އަނާރާ ވިދާޅުވީ، ބޭއިންސާފުން އަނިޔާ ލިބެންޏާ ރައްޔިތުން އެކަމާ ވާހަކަ ދައްކަން ޖެހޭ ކަމަށެވެ.
އަނާރާ ވިދާޅުވި ގޮތުގައި ރާއްޖޭގެ އަދުލު އިންސާފުގެ ކަންތައް ދަނީ އެންމެ ރަނގަޅަށްތޯ ރައްޔިތުން ސުވާލު އުފައްދަމުން ގެންދަނީ ސަބަބުތަކެއް ނެތިގެން ނޫން ކަމަށެވެ.
އެގޮތުން އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ޖަލަށް ލުމުގެ މާކުރިން ޖިނާއީ ދައުވާ ކުރެވޭނެ ވާހަކަ ސަރުކާރުން ބުނެފައިވާ ކަމަށެވެ. އަދި އިމްރާން ޖަލަށް ލެވިފައިވަނީ އޭގެ ފަހުން ކަން އަނާރާ ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ޤާސިމްގެ މައްޗަށް ކުރެއްވި ހުކުމަކީ ވެސް ގާނޫނުތަކާއި ގާނޫނު އަސާސީ އާޢި ވެސް ޚިލާފް ހުކުމެއް ކަމުގައި ވަކީލުން ފާހަގަކުރައްވާ ކަމަށް އަނާރާ ވިދާޅުވިއެވެ.
އަނާރާ ވަނީ ޤައުމުގެ ހާލަތު ބަދަލުވުން އެދި ހުރިހާ ރައްޔިތުން ވެސް ޙައްޖު މަހުގެ މި މާތް ދުވަސްވަރު ދުޢާކުރުން އިތުރުކުރުމަށް އެދިވަޑައިގެންފައެވެ.