Last Updated: June 9, 13:18
Tuesday, June 9, 2026
ޚަބަރު

ހޯމް މިނިސްޓަރު، ގާސިމް އާއި ބައްދަލުކުރައްވަނީ

ސިއްޙީ ހާލުކޮޅު ގޯސްވެގެން އައިޖީއެމްއެޗުގައި އެޑްމިޓް ކޮށްފައިވަނިކޮށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއާ، ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ބައްދަލު ކުރައްވަމުން އެބަގެންދަވަ އެވެ.

ހޯމް މިނިސްޓަރު އަޒްލީން ކުއްލި ގޮތަކަށް އައިޖީއެމްއެޗަށް ވަޑައިގެން ގާސިމާ ބައްދަލުކުރައްވަމުން ގެންދަވާއިރު، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) ގެ ފަރާތުން ވެސް ވަނީ ގާސިމާއި ބައްދަލުކޮށްފައެވެ.

އަދި ގާސިމްގެ ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ވަޑައިގަތުމުގެ ކަންކަން ވީހާ ވެސް އަވަހަކަށް ހަމަޖެއްސުމަށް އޭނާ ވަނީ ކަރެކްޝަނަލް ސާވިސްގައި މިނިސްޓަރ އަޒްލީން ވެސް ވަނީ އިއްޔެ އެދިވަޑައިގެންފަ އެވެ.

އެހެން ނަމަވެސް މިއަދާ ހަމައަށް ވެސް ގާސިމް ބޭރަށް ފޮނުވުމުގެ ހުއްދައެއް ނުދެ އެވެ.