2006 ވަނަ އަހަރު ރިލީޒްކުރި އިމްރާން ހާޝްމީގެ ހިޓް ފިލްމް ކަމަށްވާ "އަކްސަރ" ގެ ދެވަނަ ބައި ކަމަށްވާ "އަކްސަރް 2" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
މި ފިލްމުން މަޝްހޫރު ޓީވީ ތަރި ގޯތަމް ރޯޑޭ ބޮލީވުޑަށް ތަޢާރަފްވެގެން ދާނެއެވެ. އޭނާގެ އިތުރުން މި ފިލްމުން އަބިނަވް ޝުކްލާ އާއި ޒަރީން ޚާން ވެސް ފެނިގެންދާނެ އެވެ.
ގާތްގަނޑަކަށް ދެ މިނެޓަށް ދެމިގެންދާ މި ފިލްމްގެ ޓްރެއިލާ އިން ފިލްމްގެ ކެރެކްޓަރުން ތަޢާރަފްވެގެން ދެއެވެ. މި ފިލްމްގެ ޓްރެއިލާ އާންމުކޮށްފައި ވަނީ އިމްރާން ހާޝްމީ އެވެ.
އެގޮތުން އިމްރާން ހާޝްމީ ވަނީ އޭނާގެ ޓްވިޓާ އެކައުންޓް މެދުވެރިކޮށް ޓްރެއިލާ އާންމުކޮށްފަ އެވެ. އަދި އޭނާ ވަނީ އެފިލްމްގެ ރިލީޒަށް އިންތިޒާރު ކުރަމުންދާ ކަމަށާއި، ފިލްމާއި ފިލްމްގެ ޓީމަށް ކާމިޔާބީ ލިބޭނެކަމަށް އުންމީދު ކުރާ ކަމަށް ބުނެފައެވެ.
"އަކްސަރް 2" ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަހު އެވެ.