Last Updated: June 9, 13:18
Tuesday, June 9, 2026
ޚަބަރު

ރޮޒޭގެ ސުވާލެއް ރައީސަށް: ވެރިކަމާ ހެދި ހައްޖު ވެސް ކެންސަލް ކުރެއްވީތޯ؟

މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް

ވެރިކަމަށްޓަކައި ރައީސް އަބްދުﷲ ޔާމީން ހައްޖު ދަތުރުފުޅު ކެންސަލް ކުރެއްވީތޯ، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ސުވާލު އުފައްދަވައިފިއެވެ.

ރޮޒޭނާ މިގޮތަށް ސުވާލު ކުރައްވާފައި މިވަނީ، ރައީސް ޔާމީން ހައްޖަށް ވަޑައިގަންނަވާ ގޮތަށް އިއުލާން ކުރައްވުމަށް ފަހު ފުރާވަޑައިގަތުން ފަސްކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.

"ވެރިކަމާއިގެން ބޫތު ކައިފައި ހުރިވަރުން ހައްޖު ދަތުރުވެސް ކެންސަލް ކުރެއްވީތޯ؟ މާތް ﷲ ގެންދަވަން ވީމާ ކިތަންމެ ވަރަކަށް ބަގުޑި ބެެއްދިޔަސް ގެންދަވާނެ،"


ރައީސް ޔާމީންގެ ދެކަނބަލުން ހައްޖަށް ފުރާވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފައި ވަނީ އޯގަސްޓް 25 ގައެވެ. އެހެން ނަމަވެސް އޭގެ ފަހުން ހައްޖުގެ އަޅުކަމަށް ފުރާވަޑައިގަތުން 28 ވަނަ ދުވަހަށް ފަސްކުރައްވާފައި ވަނިކޮށް ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމް ވަނީ މިމަހުގެ 26 ވަނަ ދުވަހު ހައްޖުގެ އަޅުކަމަށް ފުރާވަޑައިގެންފައެވެ.

ރައީސް ޔާމީން ހައްޖުގެ އަޅުކަމަށް ފުރާވަޑައިގަތުން ކެންސަލް ކުރައްވި ކަމެއް މިހާތަނަށް އިއުލާން ކުރައްވާފައި ނުވާއިރު އެމަނިކުފާނު ފުރާ ވަޑައިގަންނަވާ ދުވަހެއް އަދި ސާފެއް ނުވެއެވެ.