Last Updated: July 26, 13:56
Sunday, July 26, 2026
ޚަބަރު

"ފާރިސްގެ މައްސަލަ ލަސް ކުރަނީ ޤާނޫނާ ޚިލާފަށް"

މައްސަލަ މިރޭ ޝެޑިއުލް ކުރި ނަމަވެސް ކޯޓަށް ވަޑައިގެންނެވުމަށް ތައްޔާރު: މައުމޫން ހަމީދު

ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައިގެ ހުކުމް ކުރުން ލަސްކުރަމުން ދަނީ ޤާނޫނާއި ޚިލާފަށް ކަމަށް ފާރިސްގެ ވަކީލް މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ.

މައުމޫން ހަމީދު މިހެން ވިދާޅުވެފައި ވަނީ، ފާރިސްގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފު މައްސަލައިގެ ހުކުމް ލަސްވާތީ ކަންބޮޑުވުން ފާޅުކުރައްވައި ކުރެއްވި ޓްވީޓެއްގައެވެ.

މައުމޫން ހަމީދު ވިދާޅުވި ގޮތުގައި ފާރިސްގެ މައްސަލަ މިރޭ ޝެޑިއުލް ކުރި ނަމަވެސް ކޯޓަށް ވަޑައިގެންނެވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.

ފާރިސްގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައި ވަނިކޮށް އެ މައްސަލަ ހައި ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީގެ ސެކްޝަނަށް ވަނީ ބަދަލުކޮށްފައެވެ.