Last Updated: May 9, 23:24
Thursday, May 9, 2024
ޚަބަރު

މަރަދޫގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ

މިރޭ ހިނގި އެކްސިޑެންޓްގައި ނިޔާވި އަލީ ހަނީފް – ފޮޓޯ : ހަސަން ސައީދް

މަރަދޫގައި ހިނގި އެކްސިޑެންޓްގައި މިރޭ މީހަކު މަރުވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަރަދޫ "1000 ބީސީ" ރެސްޓޯރަންޓް ކުރިމަތިން މި އެކްސިޑެންޓްގައި މަރުވީ މަރަދޫ ސީނިކް، މުހައްމަދު ހަނީފް، 55، އެވެ.

ހަނީފް އެކްސިޑެންޓްވެފައި ވަނީ މަރަދޫ ލިންކް ރޯޑުން ސައިކަލްގައި ދަނިކޮށް ކަހާލައިގެން ސައިކަލާއި އެކު ވެއްޓިގެންނެވެ. އެކްސިޑެންޓް ހިނގި އިރު ސައިކަލްގައި އިނީ ހަނީފު އެކަންޏެވެ.

މަންޒަރު ދުށް މީހަކު 'އައްޑޫލައިވް' އަށް ބުނީ، ސައިކަލް ކަހާލައިގެން ވެއްޓުމުގެ ސަބަބުން ހަނީފްގެ ބޮލަށް ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަަމަށެވެ.

ހަނީފް މަރުވީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ މަރުވިކަން ހޮސްޕިޓަލުން ވެސް ވަނީ ޔަގީންކޮށް ދީފަ އެވެ.