ސިޔާސީ ޕާޓީތަކުން ސަރުކާރާ މަޝްވަރާ ކުރަން ސަރުކާރުން އަނެއްކާވެސް ދައުވަތު ފޮނުވައިފިއެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސް ކޮންފަރެންސްގައި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ ސިޔާސީ ޕާޓީތަކަށާއި ރައީސް މައުމޫނަަށް ވެސް މަޝްވަރާތަކަށް ވަޑައިގެންނެވުމަށް އެދި ސިޓީ ފޮނުވާފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އިދިކޮޅު ސިޔާސީ ޕާޓީތަކަށް ފޮނުވި ސިޓީގައި އެ ޕާޓީތަކުން ބޭނުންވާ އިސްލާހީ ބަދަލުތައް ހަތް ދުވަހުގެ ތެރޭގައި ލިޔުމުން އަންގައިދިނުމަށް ވަނީ އެދިފައެވެ.
މަޝްވަރާތަކާއި ބެހޭގޮތުން މިނިސްޓަރ ޝައިނީ ވިދާޅުވި ގޮތުގައި ވަކި ފަރުދެއްގެ މައްސަލައާ ވާހަކަ ދެއްކުމުގެ ބަދަލުގައި ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރަން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ. އަދި މަޝްވަރާ ކުރުމުގައި ސަރުކާރުގެ އިހްލާސްތެރިކަން އޮތް ކަމަށް ޝައިނީ ވިދާޅުވިއެވެ.