Last Updated: June 29, 13:53
Monday, June 29, 2026
ޚަބަރު

ކަނޑު އުޅަނދުފަހަރު ޗެކް ކުރަން ފަށައިފި

ފޮޓޯ: ޕޮލިސް

ކުރިއަށް އޮތް އަޟްހާ އީދު ބަންދާއި ދިމާކޮށް ކަނޑުއުޅަނދު ފަހަރު ބަލައިފާ ސްކުރުމުގެ ޕްރޮގްރާމެއް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ކޯސްޓްގާޑުން ފަށައިފި އެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި އެމްއެންޑީއެފް އިން މި ޕްރޮގްރާމް ކުރިއަށް ގެންދަނީ އަޟްހާ އީދާއި ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު ކަނޑުމަގުން ދަތުރުކުރާނެ ކަމަށް ލަފާކުރެވޭތީ އާއިއެކު، ދަތުރުވެރިންނާއި އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް އަޅަން ޖެހޭ ހުރިހާ ސަލާމަތީ ފިޔަވަޅުތަކެއް އަޅާފައިވޭތޯ ބެލުމުގެ ގޮތުންނެވެ.

އެގޮތުން އުޅަނދު ފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ އާއި މެރިން ވީއެޗްއެފް ޗެކް ކުރުމުގެ އިތުރުން އުޅަނދުގެ ކެޕްޓަންގެ އަތުގައި ކަނޑުގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތްތޯ އެމްއެންޑީއެފް އިން ބަލާނެ އެވެ.

މި ޕްރޮގްރާމް އެމްއެންޑީއެފް މާލޭ އޭރިއާ އާއި، އެމްއެންޑީއެފް ނޮދަން އޭރިއާ އަދި އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ އިތުރުން އެމްއެންޑީއެފް ސަދަން އޭރިއާގައި ކުރިއަށް ގެންދާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.