ރާއްޖޭގެ ބައެއް ހިސާބުތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް) އިން ބުނެފި އެވެ.
އެގޮތުން އެ އިދާރާއިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އުތުރާއި ދެކުނުގެ އެކިހިސާބުތަކަށް ވިއްސާރަ ކޮށް، ގުގުރުންވެސް އެކަށީގެންވެ އެވެ. އަދި މެދުތެރޭގެ މޫސުން އާއްމު ގޮތެއްގައި ރަގަޅުވާނެ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.
މީގެ އިތުރުން ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 5 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ލަފާކުރެ އެވެ.
މެޓް އޮފީހުން ބުނާ ގޮތުގައި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ އެވެ.