ރައީސް އަބްދުﷲ ޔާމީން އަމިއްލަފުޅަށް ރަށު ބަންދުވެފައިވާ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، އެހެން މީހުންގެ ޕާސްޕޯޓް ހިފެހެއްޓި މީހާ އަމިއްލައަށް ރަށު ބަންދުވެފައިވާ ކަމަށެވެ. އެހެން މީހުންގެ ޕާސްޕޯޓް ހިފެހެއްޓި ކަމަށް ނިޒާރު ވިދާޅުވެފައިވާއިރު އިދިކޮޅު ފަރާތްތަކަށް ނިސްބަތްވާ ބައެއް މަޖިލިސް މެންބަރުންގެ ޕާސްޕޯޓްތައް ވަނީ ހިފަހައްޓާފައެވެ.
ބެލެވޭ ގޮތުގައި ނިޒާރުގެ ފާޑުކިޔުންތައް ރައީސް އަބްދުﷲ ޔާމީނަށް އަމާޒުކޮށްފައި މިވަނީ އެމަނިކުފާނު ހައްޖަށް ވަޑައިގަންނަވާނެ ކަން އިއުލާން ކުރެއްވުމަށް ފަހު، އެ ދަތުރުފުޅު ކެންސަލް ކުރައްވާފައި ވާތީ އެކަމާއި ގުޅިގެންނެވެ.
"އެހެން މީހުން ޕާސްޕޯޓް ހިފެހެއްޓި މީހާ، އަމިއްލައަށް ރަށު ބަންދުވެފައި، ނުކުރޭނެ ފުރަން، ހަމަ ފުރީ އަރިއަޅާލާނެ" -ނިޒާރު-
ނިޒާރު ވިދާޅުވި ގޮތުގައި ފުރާވަޑައިގަންނަވަން ރައީސް ޔާމީނަށް ކެރިވަޑައިނުގަންނަވާނެ ކަމަށާއި ފުރާވަޑައިގެންނެވުމާއި އެކު (ވެރިކަން) އަރިއަޅާލާނެ ކަމަށެވެ.