Last Updated: June 20, 06:09
Saturday, June 20, 2026
ޚަބަރު

ރޮހިންގްޔާ ރައްޔިތުންގެ މިޔަންމާރުގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް ގައުމު ދޫކޮށްދަނީ

މިޔަންމާރު ސަރުކާރުގެ އަނިޔާވެރިކަމާއި ލާއިންސާނީ އަމަލުތަކުން ސަލާމަތްވުމަށް ރޮހިންގްޔާގެ 30،000 އަށްވުރެ ގިނަ ރައްޔިތުން ވަނީ ގެދޮރު ދޫކޮށް ބަންގްލަދޭޝްގެ ބޯޑަރާއި ދިމާލަށް މިސްރާބު ޖަހާފައެވެ.

މިހާތަނަށް އަނިޔާވެރިކޮށް 110 މީހުން މަރާލާފައިވާ ކަމަށް ޚަބަރު ލިބިފައިވާއިރު ހަމަނުޖެހުން ފެށުނީ ސަރުކާރާއި ދެކޮޅު ބަޔަކު ފުލުހުންގެ 25 ތަނަކަށް ހަމަލާދިނުމުންނެވެ.

ޖަވާބުގައި ފުލުހުން ވަނީ އަވަށްތަކުގައި ހުޅުޖަހައި، މީހުންގެ ގެދޮރު ދުއްވާލައި، ފާޅުގައި މަގުތަކުގައި ބަޑިއާއި ވަޅިން މީހުން މަރާލައި މަގުތަކަށް މަރާލި މީހުންގެ ފުރާނަ ނެތް މަސްގަނޑު އެއްލާލާފައެވެ.

އަނިޔާވެރިކަމާއި ލާއިންސާނިއްޔަތުން ސަލާމަތްވުމަށް ގެދޮރު ދޫކޮށް އެތައް ބަޔަކު ވަނީ ބަންގާޅު ބޯޑަރަށް ގޮސްފައެވެ. ނަމަވެސް ބަންގްލަދޭޝްއަށް ނުވެދި އެތައް ބަޔަކު ވަނީ ބޯޑަރުގައި ތާށިވެފައެވެ. ބަންގްލަދޭޝްގެ ބޯޑަރު ބަލަހައްޓާ ސިފައިން ވަނީ އެމީހުން ނުވައްދާ އަނބުރާ އަވަށަށް ދިއުމަށް އަންގާފައެވެ.

ނަމަވެސް އެމީހުން ބުނެފައިވަނީ އަނބުރާ ދާނެ ތަނެއް ނެތް ކަމަށެވެ. އަނބުރާ ގޮސްފިނަމަ އޮތީ މަރު ކަމަށާއި އިތުރު އެހެން ގޮތެއް ނެތް ކަމަށް އެމީހުން ބުނެފައިވެއެވެ.