Last Updated: July 26, 13:56
Sunday, July 26, 2026
ޚަބަރު

ފޭދޫ ހިއްކި ބިމުގައި ބޮޑު ޖަމާއަތުގައި ޢީދު ނަމާދު ކުރާނެ

އީދު ނަމާދު މި ފަހަރު ވެސް ފޭދޫ ހިއްކި ބިމުގައި ބޮޑު ޖަމާއަތަކާ އެކު ކުރަން ނިންމައިފި އެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފޭދޫގައި އީދު ނަމާދު ކުރުން އޮންނާނީ ފޭދޫ ސްކޫލާ ދިމާލުން ދެކުނު ފަރާތު ހިއްކި ބިމުގައި ކަމަށެވެ.

ފޭދޫގައި ޢީދު ނަމާދު ބޮޑު ޖަމާއަތުގައި ބޭއްވުމަށް ތައްޔާރު ކުރަމުން ދަނީ އިސްލާމިކް މިނިސްޓްރީ އާއި ނޫރުލް އިސްލާމް ޖަމިއްޔާގެ ފޭދޫ ގޮފި ގުޅިގެންނެވެ.

ބޮޑު ޖަމާއަތް ބޭއްވުމަށް ވަމުންދާ ތައްޔާރީ ތަކުގައި ފޭދޫގެ އާއްމު ރައްޔިތުންނާއި ވިޔަފާރިވެރިން އަދި ޒުވާނުން ވެސް ގެންދަނީ އެހީތެރިކަން ލިބެމުންދާކަން ނޫރުލް އިސްލާމް ޖަމިއްޔާ އިން ފާހަގަކުރައްވައެވެ.


މީގެ އިތުރުން ފޭދޫ މަސްޖިދުލް ފަލާހްގައި ވެސް އީދު ނަމާދު ކުރަން ވަނީ ހަމަޖައްސައިފަ އެވެ.