ބޮލީވުޑްގެ 'ނަވާބް' ސައިފް އަލީ ޚާންގެ އެންމެ ފަހުގެ ފިލްމް "ޝެފް" ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.
ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ މި ފިލްމަކީ "ޝެފް" ގެ ނަމުން ހޮލީވުޑްގައި ވެސް އުފައްދާފައިވާ ފިލްމެއްގެ ހިންދީ ރީމޭކެވެ.
މި ފިލްމްގައި ސައިފް އާއި އެކު އޭނާގެ އޮންސްކްރީން ފިރިހެން ދަރިފުޅު ކަމަށްވާ ސާރް ކޭމްބްލް ވެސް ފެނިގެންދާނެ އެވެ.
ގާތްގަނޑަކަށް ދެ މިނެޓާއި 30 ސިކުންތަށް ދެމިގެންދާ މި ފިލްމްގެ ޓްރެއިލާ އިން ފެންނަނީ ބައްޕައަކު އޭނާގެ ދަރިފުޅާއި ދެމެދު އޮންނަ ގުޅުން ރަނގަޅު ކުރުމަށް ކުރާ މަސައްކަތެވެ. ސައިފް ކުޅެނީ ބައްޕަ ރޯޝަންގެ ރޯލެވެ. އަދި ސާރް ކޭމްބްލް ކުޅެނީ ސައިފްގެ ދަރި އަރީ ގެ ރޯލެވެ.
ރާޖާ ކްރިޝްނާ މެނަން ޑައިރެކްޓް ކޮށްފައިވާ މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ 06 އޮކްޓޯބަރު 2017 ގައެވެ.