އ.ދ ދިގުރަށުން މިއަދު ގޮވާ އެއްޗެހި އަޅާ ކަހަލަ ކޮންޓެއިނަރެއް ފެނިގެން ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފިއެވެ.
އެރަށު އަތިރިމަތިން ފެނުނު މި ކޮންޓެއިނަރުގެ މައުލޫމަތު ލިބުމުން އެމްއެންޑީއެފްއިން ވަނީ އެއީ ނުރައްކަލެއް ހުރި އެއްޗެއްތޯ ބަލާފައެވެ. ނަމަވެސް ގައުމީ ދިފާއީ ބާރުން ބުނެފައިވަނީ ދިގުރަށުން ފެނުނު ކޮންޓެއިނަރަކީ ހުސް އެއްޗެއް ކަމަށާއި އޭގައި ގޮވާ ޒާތުގެ އެއްވެސް އެއްޗެއް ނުވާ ކަމަށެވެ.
ނަމަވެސް އެ ކޮންޓެއިނަރު އެރަށުން ފެނުނީ ކީއްވެގެން ކަމެއް އެމްއެންޑީއެފްއިން ހާމަކޮށްފައެއް ނުވެއެވެ. މިމައްސަލަ ރިޕޯޓުކުރުމާއެކު ދިގުރަށުގައި، އެ ކޮންޓެއިނަރު ފެނުނު ސަރަހައްދު ވަނީ ސިފައިންނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ތަހުގީގު ފަށާފައެވެ.