Last Updated: June 9, 11:45
Tuesday, June 9, 2026
ޚަބަރު

"މުސްކުޅިންގެ ޕާކު" ރައްޔިތުންގެ ތަނެއް ކަމަށް ކޯޓުން ކަނޑައަޅައި ނުދިން

އައްޑޫ ސިޓީ، މަރަދޫފޭދޫގެ އުމުރުން ދުވަސްވީ ފަރާތްތަކުން ޕާކް (މުސްކުޅިންގެ ޕާކް) އެއީ ރައްޔިތުންގެ ތަނެއް ކަމުގައި ކަނޑައަޅުއްވައި ދެއްވުން އެދި މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރު ކޮށްލައިފިއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މައްސަލަ ކޯޓަށް ހުށަހެޅީ އަމިއްލަ ފަރާތަކުންނެވެ. އެފަރާތުން އެދިފައިވަނީ، މަރަދޫފޭދޫ 'މުސްކުޅިންގެ ޕާކް' އެއީ ރައްޔިތުންގެ ތަނެއް ކަމުގައި ކަނޑައަޅައި ދިނުމަށެވެ.

މަރަދޫފޭދޫ މުސްކުޅިންގެ ޕާކަކީ ރައްޔިތުންގެ ތަނެއް ކަމުގައި ކަނޑައަޅައި ދިނުމަށް ކޯޓަށް މައްސަލަ ހުށަހެޅި މައްސަލަ ކޯޓުން ބޭރުކޮށްލީ، މުސްކުޅިންގެ ޕާކުގެ ނަމުގައި އެއްވެސް ތަނެއް ނޯންނާނެ ކަމަށް ހައުސިން މިނިސްޓްރީ އައްޑޫ ޑިޕާޓްމަންޓުން ކޯޓަށް އެންގުމުންނެވެ.

ހައުސިން މިނިސްޓްރީގެ އައްޑޫ ޑިޕާޓްމަންޓުން މިގޮތަށް އަންގާފައި ވާއިރު، މުސްކުޅންގެ ޕާކުގައި ސިޔާސީ ހަރަކާތް ނުހިންގުމަށް އަދި އެތަނުގައި ވަކި ޓީވީ ޗެނަލްތައް ނުބެލުމަށް މީގެ ކުރިން
އަންގާފައިވެއެވެ.

އަދި ހައުސިން އައްޑޫ ޑިޕާޓްމަންޓުން މީގެ ކުރިން ނެރުނު އިއުލާނެއްގައި މަރަދޫފޭދޫ ލިންކްރޯޑާ އިންވެގެން އޮންނަ ޕާކަކީ އެ އަވަށުގެ މުސްކުޅިންނަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައި އޮންނަ ތަނެއް ކަމަށް ބުނެފައިވެއެވެ.

މުސްކުޅިންގެ ޕާކު ކިޔާ ތަނެއް ނޯންނާނެ ކަމަށް ހައުސިން މިނިސްޓްރީން ކޯޓަށް އެންގުމުން އެ މައްސަލަ ކޯޓުން ބޭރު ކުރުމުން މައްސަލަ ހުށަހެޅި ފަރާތުން ވަނީ އައްޑޫ ސިޓީ ކައުންސިލްގެ އެހީތެރިކަމަށް އެދިފައެވެ. އެފަރާތަށް އެކަމުގައި އެހީތެރިވެދިނުމަށް ކައުންސިލުން މިހާރު ވަނީ ނިންމާފައެވެ.

މަރަދޫ ފޭދޫ މުސްކުޅިންގެ ޕާކުގައި ދޭތެރެއަކުން އެމްޑީޕީގެ ޖަލްސާތަކާއި ބައްދަލުވުންތައް ބޭއްވި ނަމަވެސް އެތަނަކީ ޒަމާނުއްސުރެ މަރަދޫފޭދޫގެ ދޮށީ އުމުރުގެ ރައްޔިތުން ބޭނުންކުރާ ތަނެކެވެ. އެތަނުގައި އެތަނުގައި ސިޔާސީ ބައްދަލުވުމެއް ނުބާއްވާތާ މިހާރު ވަނީ ގިނަ ދުވަސްތަކެއް ވެފައެވެ.