ޕޯޗުގަލްގެ ރެނަޓޯ ސަންޗޭސް ޖަރުމަނުވިލާތުގެ ބެޔާން މިއުނިކްއިން އިނގިރޭސި ވިލާތުގެ ސްވެންސީއަށް ލޯނު ޑީލެއްގައި ބަދަލުވެއްޖެއެވެ.
އުމުރުން 20 އަހަރުގެ ސަންޗޭސް ބެޔާން މިއުނިކަށް ބަދަލުވެފައިވަނީ މިދިޔަ އަހަރު ބެންފީކާއިން 35 މިލިއަން ޔޫރޯގެ އަގަކަށެވެ. ބެޔާންގައި އޭނާއަށް ޖާގައެއް ނުލިބި ފަނޑުވެފައިވާއިރު އޭނާ ބެޔާން އަށް ގޮސްފައިވަނީ އޭރު މެންޗެސްޓާ ޔުނައިޓެޑުންވެސް އޭނާ ހޯދަން މަސައްކަތް ކޮށްފައިވަނިކޮށެވެ.
ބެޔާން މިއުނިކްއިން ސްވެންސީއަށް ސަންޗޭސް ބަދަލުވާން އުޅޭ ޚަބަރު ވަނީ ފާއިތުވެދިޔަ ދުވަސްތަކުގައި މީޑިޔާތަކުގައި ފެތުރިފައެވެ. ނަމަވެސް އެއީ ޓްރާންސްފާ ޑެޑްލައިން ކައިރިވަމުން އަންނާތީ ބަޔަކު ފަތުރައިގެން އުޅޭ ޚަބަރެއް ކަމަށް ގިނަ ބަޔަކު ވަނީ ގަބޫލުކޮށްފައެވެ.
ސްވެންސީން ވަނީ ސަންޗޭސް ކުލަބާއި ގުޅުނުކަން ކަށަވަރުކޮށްފައެވެ.
Welcome to @SwansOfficial, Renato Sanches… 🤝🙌
The @FCBayern midfielder joins us on a season-long loan: https://t.co/kXiTpqIdgw pic.twitter.com/fLCjIfSxYL
— Swansea City AFC (@SwansOfficial) August 31, 2017