ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބޭނުމަކަށް ވިންޑޯސް ޓެބްލެޓްތަކެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ.
މިއީ ވިންޑޯސް ޓެބްލެޓްތަކެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ސުޕްރީމް ކޯޓުން އިއުލާން ކުރި 2 ވަނަ ފަހަރެވެ. މީގެ ކުރިން އެ ކޯޓުން ކުރި އިއުލާނާއި ގުޅިގެން ކުރިމަތިލީ ފަރާތްތަކުގެ އަދަދު މަދުވުމުގެ ސަބަބުން އެ އިއުލާން ވަނީ ބާތިލްކޮށްފައެވެ.
ސުޕްރީމް ކޯޓުން އިއުލާންކޮށްފައި ވަނީ 7 (ހަތެއް)ވިންޑޯސް ޓެބްލެޓް ހޯދުމަށެވެ.
އޯގަސްޓް 29 ގައި ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން ޓެބްލެޓްތައް ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 07 ސެޕްޓެންބަރު 2017 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް އެ ކޯޓަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހަޅަން ޖެހެއެވެ.