Last Updated: June 20, 02:15
Friday, June 19, 2026
ކުޅިވަރު

ހޮލެންޑުގެ މައްޗަށް ފްރާންސް ކުރިހޯދައިފި

މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ބްރޭކުގައި ވޯލްޑް ކަޕް ކޮލިފައިންގެ މެޗުތައް ކުޅެމުންދާއިރު ރޭ ކުޅުނު ގުރޫޕް އޭ ގެ މެޗު ނެދަލެންޑްސްއާއި ވާދަކޮށް ފްރާންސް ކާމިޔާބުކޮށްފިއެވެ.

މިމެޗު 0-4 އިން ފްރާންސް ކާމިޔާބުކޮށްފައިވާއިރު މެޗުގެ ފުރަތަމަ ލަނޑު 14 ވަނަ މިނެޓުގައި ޖަހާފައިވަނީ ގްރީޒްމަންއެވެ. މެޗުގެ ބާކީ ލަނޑުތައް ފެނިގެން ގޮސްފައިވަނީ މެޗުގެ ވަރަށް ފަހުކޮޅުގައެވެ. 73 ވަނަ މިނެޓާއި 81 ވަނަ މިނެޓުގައި ދެ ލަނޑު ޖަހައި މެޗު ޔަގީން ކޮށްފައިވަނީ ތޯމަސް ލެމާއެވެ.

ފަހު ގޯލު ޖަހާފައިވަނީ ޒުވާން ފޯވާޑް ކީލިއަން އެމްބާޕޭއެވެ. މިމެޗުން މޮޅުވެ ފްރާންސަށް ފުރުސަތު ބޮޑުވެފައިވާއިރު ނެދަލޭންޑްސްއަށް ވަނީ ކޮލިފައިނުވުމުގެ ބިރާއި ކުރިމަތިލާން ޖެހިފައެވެ.