ރޭ ކުޅުނު ވޯލްޑް ކަޕް ކޮލިފިކޭޝަނުގައި ޖަރުމަނު ވިލާތާއި ޗެކް ރިޕަބްލިކް ބައްދަލުކުރި މެޗު 2-1 އިން ޖަރުމަނު ކާމިޔާބުކޮށްފިއެވެ.
މެޗުގެ ވަރަށް ކުރީކޮޅު ޖަރުމަނުން ވަނީ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައެވެ. ހަތަރު ވަނަ މިނެޓުގައި މިލަނޑު ޖަހާފައިވަނީ ވާނާއެވެ. މެޗުގެ ބޮޑު ބައި ޖަރުމަނުން އެއް ގޯލުގެ ލީޑަކާއެކު ކުޅެފައިވަނިކޮށް 78 ވަނަ މިނެޓުގައި ޗެކް ރިޕަބްލިކުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ.
ޖަރުމަނަށް ތިން ޕޮއިންޓު ކަށަވަރުކޮށްދީފައިވަނީ މެޗުގެ 88 ވަނަ މިނެޓުގައި މެޓްސް ހަމެލްސް ޖެހި ލަނޑަކާއެކުގައެވެ. ރޭގެ މެޗުން މޮޅުވެ ޖަރުމަނަށް ވަނީ 21 ޕޮއިންޓު ލިބިފައެވެ. ދެވަނައިގައި އޮތް ނޯދަން އަޔަލެންޑަށް ލިބިފައިވަނީ 16 ޕޮއިންޓެވެ. ގްރޫޕުގެ އެއްވަނައިގައި ނިންމާ ޓީމު ވޯލްޑް ކަޕަށް ކޮލިފައިވެގެންދާއިރު ދެވަނަ އަދި ތިންވަނައަށް ޕްލޭ އޮފް ފުރުސަތެއް ލިބިގެންދާނެއެވެ.