އިދިކޮޅު ފަރާތްތަކުން ސަރުކާރާއި އެކު ވާހަކަ ދައްކަން ޖެހެނީ ލައިވް ޓީވީގައި ކަަމަށް އިބްރާހިމް އިސްމާއިލް (އިބުރާ) ވިދާޅުވެއްޖެ އެވެ.
އިބުރާ މިހެން ވިދާޅުވެފައި ވަނީ ސިޔާސީ ޕާޓީތަކަށް ސަރުކާރާއި އެކު މަޝްވަރާ ކުރުމަށް ދައުވަތު ފޮނުވާފައިވާތީ އެކަމާޢި ގުޅިގެންނެވެ.
ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމުގައި ހުންނެވި އިބުރާ ވިދާޅުވީ، ސަރުކާރާޢި އެކު ވާހަކަ ދައްކަން ވާނީ ރައްޔިތުންނަށް ވަންހަނާ ނުކޮށް ކަމަށެވެ.
Idhikolhu faraaiythakaai sarukaaraa vaahaka dhakkaanama ekan kuranvaanee live tv gai.Rayyithunnah ivey varah. Dhekkey vaahaka vanhanaa nukoh
— Ibra (@ibramandhu) August 31, 2017
އިބުރާ މިހެން ވިދާޅުވެފައި ވާއިރު އިދިކޮޅު ފަރާތްތަކާއި އެކު ސަރުކާރުން ވާހަކަ ދައްކަނީ "ޑީލް" ހެދުމަށް ކަމަށް ގިނަ ބަޔަކު ގެންދަނީ ފާހަގަ ކުރަމުންނެވެ
އެހެން ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދަނީ ސަރުކާރާއި އެކު ހަދާނެ ޑީލެއް ނޯންނާނެ ކަމަށެވެ.