Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

ހުޅުމާލެ އެކްސިޑެންޓަށްފަހު ފިލި މީހާ ނުހޯދޭ: ފުލުހުން

ބުރާސްފަތި ދުވަހު ހުޅުމާލޭގައި އެކްސިޑެންޓުވި ސައިކަލު: ފޮޓޯ - މިހާރު

މިދިޔަ ބުރާސްފަތި ދުވަހު ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި ބާރު ސްޕީޑެއްގައި ދުއްވާފައިދިޔަ މީހާ އަދިވެސް ހޯދިފައިނުވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ހާމަކޮށްފިއެވެ.

އެކްސިޑެންޓުގައި އަނިޔާވި މީހާ އަނިޔާތަކަށް ފަރުވާ ހޯދަމުންދަނިކޮށް ނިޔާވެފައިވާއިރު ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ މީހާ ވަނީ ފުލުހުން އައުމުގެ ކުރިން ސަރަހައްދުން ފިލާފައެވެ.

ޚަބަރު ލިބޭ ގޮތުގައި ހުޅުމާލެ ހަބީބް ބޭންކު ކުރިމަތިން ހިނގި މިއެކްސިޑެންޓުގައި ބާރު ސްޕީޑުގައި ދުއްވާފައިދިޔަ މީހާގެ ސައިކަލު ކޮންޓްރޯލް ނުވެ ޖެހިފައިވަނީ އެކްސިޑެންޓުގައި އަނިޔާވެ، ނިޔާވި މީހާ ދުއްވި ސައިކަލުގައެވެ.

ފުލުހުން ބުނެފައިވަނީ މިމައްސަލަ މިހާރު އަންނަނީ ތަހުގީގު ކުރަމުން ކަމަށެވެ. ނަމަވެސް އަދިވެސް އެކްސިޑެންޓަށްފަހު ފިލި މީހާ ހޯދިފައިނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.