Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

ހުޅުމާލެ އެކްސިޑެންޓާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

ބުރާސްފަތި ދުވަހު ހުޅުމާލޭގައި އެކްސިޑެންޓުވި ސައިކަލު: ފޮޓޯ - މިހާރު

މިދިޔަ ބުރާސްފަތި ދުވަހު ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މީހަކު މަރުވި މައްސަލާގައި ދެމީހަކު މޯލްޑިވްސް ޕޮލިސް ސާވިސްއިން ހައްޔަރުކޮށްފިއެވެ.

މިއެކްސިޑެންޓުގައި މަރުވެފައިވަނީ ތ. ތިމަރަފުށި އިރަމާގޭ އުމުރުން 62 އަހަރުގެ އިބްރާހިމް ރަޝީދު އާދަމްކަން އެނގިފައިވެއެވެ. އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލޭ ހަބީބް ބޭންކް ކައިރީގައި ރަޝީދު ސައިކަލު ޕާކް ކުރަން އުޅެނިކޮށް ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލެއް ކޮންޓްރޯލްނުވެ ޖެހިގެންނެވެ.

އެކްސިޑެންޓު ހިނގުމުން ސައިކަލު ދުއްވަން ހުރި މީހާ ވަނީ އެސަރަހައްދު ދޫކޮށް ފިލާފައެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މިމައްސަލައާ ގުޅިގެން މިހާރު ވަނީ ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އެކްސިޑެންޓުގައި ލިބުނު އަނިޔާތަކުގެ ސަބަބުން ރަޝީދު ނިޔާވެފައިވަނީ ހުކުރު ދުވަހު އޭޑީކޭ ހޮސްޕިޓަލުގައެވެ. ނަމަވެސް ރަޝީދު ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެއްވެސް ހަރަކާތެއް ނެތް ކަމަށް އާއިލާއިން ބުނެފައިވެއެވެ.