Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

އުތުރު ކޮރެއާއިން ހައިޑްރޮޖެން ބޮމެއް ޓެސްޓްކޮށްފި

AFP/Getty

ދުނިޔޭގެ އެންމެ ބޮޑު އެއް ނިއުކްލިއާ ބާރު ކަމަށްވާ އުތުރު ކޮރެއާއިން ހައިޑްރޮޖެން ބޮމެއް ޓެސްޓުކޮށްފިއެވެ.

އުތުރު ކޮރެއާއާއި އެމެރިކާއާ ދެމެދު ބަހުގެ ހަމަލާތައް ހޫނުވެފައިވާ މިދަނޑިވަޅުގައި ހައިޑްރޮޖެން ބޮމެއް ޓެސްޓު ކުރުމުން ދުނިޔެ ވަނީ ހައިރާންވެފައެވެ.

އުތުރު ކޮރެއާއިން ބުނެފައިވަނީ މިބޮމަކީ އެހެން ބޮންތަކަށްވުރެ ބާރުގަދަ ބޮމެއް ކަމަށާއި ޓެސްޓުކުރި ބޮމަކީ ކާމިޔާބީއެއް ކަމަށެވެ. އަދި މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި އުތުރު ކޮރެއާއިން ޓެސްޓުކުރި ބޮމަށްވުރެ 10 އިންސައްތަ ބާރުގަދަ ބޮމެއް ކަމަށް އެގައުމުން ވަނީ ހާމަކޮށްފައެވެ.

ޖަޕާނުންވެސް ވަނީ އުތުރު ކޮރެއާއިން ބޮމެއް ޓެސްޓުކޮށްފައިވާކަން ކަށަވަރުކޮށްފައެވެ. އުތުރު ކޮރެއާގެ މި ޓެސްޓަށް އެމެރިކާ އިން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.