Last Updated: June 9, 10:38
Tuesday, June 9, 2026
ޚަބަރު

މިޔަންމާގެ ހެލްތު މިނިސްޓަރު ރާއްޖެ ވަޑައިގަންނަވަނީ

ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތައް ހިންގަމުންދާ މިޔަންމާ ސަރުކާރުގެ ސިއްހަތާ ބެހޭ ވަޒީރު ޑޮކްޓަރ މަޔަންޓް ހުވައި ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޑރ.މަޔަންޓް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އަންގާރަ ދުވަހުގެ ރޭގައެވެ.

ޑރ.މަޔަންޓްގެ ދަތުރުފުޅާ ބެހޭ ގޮތުން އެއްވެސް މައުލޫމާތެއް މިހާތަނަށް ދިވެހި ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

މިޔަންމާގެ މީޑިޔާތަކުން ބުނެފައިވާ ގޮތުގައި ޑރ.މަޔަންޓް ރާއްޖެ ވަޑައިގަންނަވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން މިމަހުގެ 6 ވަނަ ދުވަހު ރާއްޖޭގައި ބާއްވާ ކޮމެޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ.

މިޔަންމާގެ މިނިސްޓަރަކު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، އެ ގައުމުގެ އަސްކަރިއްޔާ އިން ގެންދަނީ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާއި ދެކޮޅަށް ލާއިންސާނީ އަމަލުތައް ހިންގަމުންނެވެ.

އެގޮތުން މިޔަންމާގެ ސަލާމަތީ ބާރުތަކުން ގެންދަނީ އެ ގައުމުގެ ރަހީން ސްޓޭޓުގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް، މުސްލިމުންގެ ގަޔަށް ބަޑި ޖަހާ މަރައި، އެމީހުންގެ ގެތަކުގައި ރޯކުރަމުންނެވެ.

މިޔަންމާގެ މުސްލިމުންނާއި ދެކޮޅަށް ހިނގަމުންދާ ޖަރީމާތަކާއި ދެކޮޅަށް އަޑުއުފުލަކުމް ގެންދާ އިސްލާމީ ގައުމުތަކުގެ އަޑު މަޑުކަން ފާހަގަކޮށްލެވެއެވެ.