"ކުޑަކުދިންގެ ބަގީޗާ" އަށް ގެނައި ޕްލާސްޓިކް ޖަނަވާރުތަކާއި އެކު ދެތިން ޕްލާސްޓިކް "ޔާމީން" ގެނެސްފައި ނުވާތީ އެކަމާއި ހިތާމަކުރައްވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.
"ޖަނަވާރުތަކާއި އެކު ދެތިން ޕްލާސްޓިކް "ޔާމީން" ނުގެނައިކަން ދެރައީ. އޭރުން 1 ޔާމީން ހައްޖަށް 1 ޔާމީން ސިންގަޕޫރަށް 1 ޔާމީން ރާއްޖޭގައި" ހަސަން ލަތީފް
ހަސަން ލަތީފް މިހެން ވިދާޅުވެފައި މިވަނީ މަރާމާތުކުރުމަށް ފަހު ކުޑަކުދިންގެ ބަގީޗާ ހުޅުވިއިރު އެތަނުގައި ނަރުދާ ޖަހައިގެން ހަދާފައިވާ ކޮއްޓެއްގައި އާޓިފިޝަލް "ޖަނަވާރުތައް" ބާއްވާފައި ތިބުމުން އެކަމާއި ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވުމާއި ގުޅިގެން އެމްއެންޑީއެފުން ބަލަހައްޓާ ކުޑަކުދިންގެ ބަގީޗާގައި ކޮއްޓަކަށް ލާފައި ތިބި އާޓިފިޝަލް "ޖަނަވާރުތައް" ވަނީ ކޮށިން ނެރެފައެވެ.
ހަސަން ލަތީފްގެ ޓްވީޓްގައި ވިދާޅުވެފައި ވަނީ، ޖަނަވާރުތަކާއި އެކު ޕްލާސްޓިކް "ޔާމީން" ތަކެއް ގެނައި ނަމަ އޭރުން 1 "ޔާމީން" ހައްޖަށް 1 "ޔާމީން" ސިންގަޕޫރަށް އަދި 1 "ޔާމީން "ރާއްޖޭގައި ބެހެއްޓިދާނެ ކަމަށެވެ.
ހަސަންގެ ޓްވީޓްގައި "ޔާމީން" އެއްގެ ވާހަކަ ވިދާޅުވި ނަމަވެސް އެއީ ކޮން ޔާމީނެއް ކަމަށް ވިދާޅުވެފައެއް ނުވެއެވެ.