Last Updated: June 29, 13:53
Monday, June 29, 2026
މުނިފޫހިފިލުވުން

ޓީވީ ބަތަލާ ރީމް ޝޭޚް ބޮލީވުޑަށް ތައްޔާރު

މަޝްހޫރު ޓީވީ ޝޯ ކަމަށްވާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އިން ފެނިގެންދިޔަ ޓީވީ އެކްޓްރެސް ރީމް ޝެއިޚް ދަނީ އޭނާގެ އެންމެ ފުރަތަމަ ބޮލީވުޑް ފިލްމްގެ މަސައްކަތް ކުރަމުންނެވެ.

އެގޮތުން ރީމް ފެނިގެންދާނީ ނޮބެލް ޕްރައިޒް ވެސް ލިބިވަޑައިގެންފައިވާ ޕާކިސްތާނުގެ އެކްޓިވިސްޓެއް ކަމަށްވާ ޒުވާން މަލާލާ ޔޫސަފްޒާއި ގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމް "ގުލް މަކާއި' އިންނެވެ. އެ ފިލްމްގައި ރީމް އަދާކުރާނީ ޚުދު މަލާލާގެ ރޯލެވެ.

އެ ފިލްމުން ފެނިގެންދާނީ މިހާތަނަށް ނޮބެލް ޕްރައިޒް ލިބުނު އެންމެ ހަނގު ފަރާތަށް މަލާލާ ވެގެން ދިޔަ ގޮތުގެ ވާހަކަ އެވެ.

އެ ފިލްމްގައި މަލާލާގެ ރޯލުން ފެނިގެންދާނެ ރީމް، އަމީތާބް އާއި ފަރްހާން އަޚްތަރްގެ ފިލްމް "ވާޒިރް" އިން ވެސް ފެނިގެންދާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.

ރީމް ވަނީ ދާދިފަހުން އެފިލްމްގެ ޕޯސްޓަރެއް އިންސްޓަގްރާމް މެދުވެރިކޮށް އާންމުކޮށްފަ އެވެ.

"ގުލް މަކާއި" ޑައިރެކްޓް ކުރަނީ އަމްޖަދް ޚާން ކަމަށް ވާއިރު، އެ ފިލްމް ޕްރޮޑިއުސް ކުރަނީ އާނަންދް ކުމާރް އެވެ.

https://www.instagram.com/p/BYgaGDxHwnn/