Last Updated: June 29, 13:53
Monday, June 29, 2026
މުނިފޫހިފިލުވުން

"ސަސުރާލް ސިމްރަން ކާ" މި މަހު 19 ގައި ނިމުމަކަށް

ހަ އަހަރަށްފަހު ކަލާސް އިން ދައްކަމުން އަންނަ ޓީވީ ސީރީސް ކަމަށްވާ "ސަސުރާލް ސިމަރް ކާ" ނިމުމަކަށް އަންނަން އުޅޭ ކަމުގެ ޚަބަރުތައް ފެތުރެން ފަށައިފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެ ސީރީސް ނިންމާލުމަށް ހަމަޖެހިފައި ވަނީ މި ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު އެވެ.

ދާދިފަހުން މި ޝޯއަށް އައި ތަރިއެއް ކަމަށްވާ ރޯހަން މެހްރާ ބުނެފައިވާ ގޮތުގައި މި މަހުގެ ތެރޭގައި މި ސީރީސް ނިންމާލަން އުޅޭ ކަމަށް ޝޯގެ ކާސްޓަށް ވަނީ އަންގާފަ އެވެ.

ކަރަން ބުނީ އޭނާއަށް މި ސީރީސް އަށް އައި އިރުވެސް ސީރީސް ނިންމާލަން އުޅޭ ކަމުގެ ޚަބަރުތައް ފެތުރެމުން ދިޔަ ކަމަށެވެ. އެހެންނަމަވެސް ކޮންމެ މަސައްކަތެއްގައި ވެސް ރިސްކް ނަގަން ޖެހޭނެ ކަމަށެވެ. ކަރަން ބުނީ މީގެ ފަހުން އެއްވެސް ސީރީސް އެއްގެ މެދުތެރެއިން އޭނާ އެ ސީރީސް އަކާއި ނުގުޅޭނެ ކަމަށެވެ. އޭނާ ބުނީ މީގެ ފަހުން ދެން އޭނާ މަސައްކަތް ކުރާނީ ހުސް އާ ޕްރޮޖެޓްތަކުގައި ކަމަށެވެ.